އެންމެފަސް
އާދަމް ނަޞީރު އިބްރާހީމް
ދިވެހި ޤައުމިއްޔަތާ ގުޅުންހުރި އެކި ދާއިރާތަކަށް ޚިދުމަތްކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަޅުގަނޑުގެ ޚިދުމަތުގެ މައިގަނޑު ދާއިރާތަކަކީ ދިވެހި ބަހާއި ޅެންވެރިކަމާއި، ދިވެހި ސަގާފަތާއި ތާރީޚުގެ އިތުރުން ދިވެހިންގެ ދީނީ އަގުތަކާއި ޙަޟާރަތެވެ. ހަމައެހެންމެ ފާޑުކިޔުން ނުވަތަ ނަޤުދުކުރުމެވެ.
ދިވެހިރާއްޖޭގައި ދިވެހީންގެ ދައުލަތް ފަޚުރުވެރިކަމާއެކު ދެމިއޮތުމަކީ އަޅުގަނޑުގެ އަމާޒެވެ. އެހެންކަމުން، ދިވެހި ޤައުމިއްޔަތު ޢިލްމީ ގޮތެއްގައި ފަރުމާކޮށް އުނގަންނައިދިނުމަކީ އަދި އެ ދާއިރާ ޢިލްމީ ބިންގަލެއްގެ މަތީގައި ބިނާކުރުމަކީ އަޅުގަނޑުގެ ރޫޙީ އުފަލެވެ.
މި ޚިދުމަތްތަކަށް ހިތްވަރުދެއްވައި ދިވެހި ދައުލަތުން އަގުވަޒަންކުރައްވާފައިވާއިރު، އެންމެ ފަހުން އަޅުގަނޑު އަދާކުރީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަޤާމެވެ.
ދިވެހި ތަރިކައާއި ޤައުމިއްޔަތުގެ ދާއިރާގެ ކޮންމެ ޚިދުމަތަކަށް ވެސް، އަޅުގަނޑުގެ އެހީތެރިކަން އަބަދުވެސް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑާ ގުޅުއްވުމަށް Facebook މެދުވެރިކޮށް މެސެޖްކޮށްލައްވާށެވެ.
އެންމެ ފަހުގެ
ހުރިހާ ލިޔުންތައްއެންމެފަސް
ކުޑަ ދޫންޏެއްގެ ބޮޑު ފިލާވަޅު
އެންމެފަސް
އަންހެން ބޭފުޅުންނޭ ވިދާޅުވާށެވެ!
އެންމެފަސް
ރާފުޅިއެއް، ރާނީއެއް، ޤައުމެއް
ތާރީޚީ މަޒުމޫނު
ނަޞްރުގެ ދުވަސް… ސަބަބުގެ ދުވަސް
ފިކުރީ މަޒުމޫނު
ފައިސާ މާރުކުރުން
ވެދުމާއި މަރުޙަބާ!
އަޅުގަނޑަކީ އާދައިގެ ދިވެއްސަކީމެވެ. އުނގެނުމާއި އުގަންނާދިނުމަށް ލޯބިކުރަމެވެ. މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީތަކުގައި ކިޔަވައިދިނުމުގައި ފަންސަވީހަކަށް އަހަރު ހޭދަކުރެވިއްޖެއެވެ.
އަޅުގަނޑު ފޮތް އެކުލަވައިލަމެވެ. ނޫސް މަޖައްލާތަކަށް ލިޔަމެވެ. ޅެން ހަދަމެވެ. ވާހަކަލިޔަމެވެ. ތަމްސީލު ލިޔެ ކުޅުވަމެވެ. ޓީވީ ރޭޑިޔޯ ޕްރޮގްރާމު ލިޔެ ހުށަހަޅަމެވެ. ތަޤުރީރުކުރަމެވެ.
އޮފީސްތަކަށް ޚާއްޞަ ބަހުގެ ޕްރޮގްރާމުތައް ހިންގަމެވެ. ވާހަކަދެއްކުންތެރިކަމާއި ޅެންވެރިކަމުގެ ކޯސްތައް ފަރުމާކޮށް ކިޔަވައިދެއެވެ. މި ދާއިރާތަކުން މީހުން ތަމްރީނުކުރަމެވެ.
އަޅުގަނޑުގެ ޅެމާއި ލަވަ ޢަލީ ރަމީޒު، ޢަބްދުލްބާރީ، ޙުޒާމް، އިލްހާމު، މުޚްތާރު، މުޙަންމަދު ޢަބްދުލްޣަނީ (ތޭރަ), އިބްރާހީމް ޢަލީ (ކުޑައިއްބެ), އުނޫޝާ، ޝަލަބީ، ޙުސައިން ޢަލީ، ޠަލާޤު، ޢަބްދުއްރާފިޢު، މުމްތާޒު، ޢުމަރު ޒާހިރު، ޢަބްދުﷲ ރަޝީދު، ޒޫނާ، ޝިފާ، އަދި ވެސް އެތައް އެތައް ފަންނާނުންނެއް ކިޔާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަޅުގަނޑު ތައްޔާރުކޮށްދިން މިޔުޒިކީ ތަމްސީލު ދޮންބަންޑާރައިންގެ ޤައުމީ ޖިހާދު، މިނިވަން ފަންސާހުގެ ތީމު ލަވަ، ޖުމްހޫރީ ފަންސާހުގެ ތީމު ލަވަ، އަދި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވުނު ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާންކަރީމް މިއީ އަޅުގަނޑުގެ ޤައުމީ ދީނީ ޅެންތަކުގެ ތެރެއިން ވަރަށް ގިނައިން ދުރަށް ފޮނުވޭތީ އިވޭ ޅެންތަކެވެ.
އަޅުގަނޑުގެ ޙަޔާތާއި އަދަބީ މަސައްކަތާ ގުޅޭ އިތުރު ތަފުސީލު ދިވެހި ރާއްޖޭގެ އަޑުގެ ”ގުލްޒާރުގައި މަގޭ“ މި ޕްރޮގްރާމުގައި ގެނެސްދީފައިވާ ގޮތް ތިރީގައި މި ވަނީ އެވެ.
ތިބާގެ ޝައުޤުވެރިކަން ހުރި ނަމަ، ތިރީގައިވާ މީސްމީޑިޔާގެ ފާލަންތަކުން އަޅުގަނޑާ އިތުރަށް ގުޅުން ބަދަހިކުރެއްވުން އަޅުގަނޑު އެދެމެވެ. ނުހަނު އިޙްތިރާމާއެކުގައެވެ.
އެންމެ ފަސް
އެތަން މިތަނުން
ވީޑިއޯ
ޤިޔާމަތު ނާމާގެ ދޭހަ – 11
ބަހަވީ މަޒުމޫނު
ނިބޫ – ފަހެ ފަރަގު ދެނެ ތިބޫ ހެއްޔެވެ؟
ޅެމާއި ލަވަ