އުމުރުން އެންމެ ފަސް މަހުގެ ދޫންޏެކެވެ. ނަމަކީ ބާ-ޓެއިލް ގޯޑްވިޓް (bar-tailed godwit) އެވެ. މި ދޫނި ދުނިޔޭގެ އެންމެ ދިގު އެއް ހިޖުރަކުރުން ފުރިހަމަކޮށްފިއެވެ.
މި ޅަ ދޫނި ވަނީ އެއްވެސް ވަރަކަށް މަޑުޖައްސައިލުމެއް، ކެއުމެއް، ބުއިމެއް އަދި އަރާމުކުރުމެއް ނެތި، 8,425 މޭލު ކަޑައްތުކޮށްފައެވެ. 13,558 ކިލޯމީޓަރަށް އުދުހިފައެވެ. މިއީ އަލަސްކާއިން ފެށިގެން އޮސްޓްރޭލިއާއާ ދެމެދުގައިވާ ދިގު ރާސްތާއެކެވެ. ސައިންސްވެރީން މި ދޫނީގެ މި އާދަޔާޚިލާފު ދަތުރު މޮނިޓަރކޮށްފައިވަނީ ގައިގައި ހަރުކުރި ކުޑަ ސެޓެލައިޓް ޓްރާންސްމިޓަރެއް މެދުވެރިކޮށެވެ. މިއީ ޖަނަވާރުންގެ ދުނިޔޭގައި މިހާތަނަށް މެދުކެނޑުމެއް ނެތި ކުރި، އެންމެ ދިގު އެއް ދަތުރުކަން ވަނީ ކަށަވަރުކުރެވި، ރެކޯޑުކުރެވިފައެވެ.
ލިޔުންތައް ބުނާ ގޮތުން މި ބޮޑު ކާމިޔާބީ ހާސިލުކުރުމަށްޓަކައި، އެ ދޫނި ވަނީ ދަތުރު ފެށުމުގެ ކުރިން ހަށިގަނޑުގައި ގިނަ އަދަދަކަށް ފެޓް ރައްކާކޮށްފައެވެ. މީގެ އިތުރަށް އެކަށީގެންވާ ވަޔާއި އަދި ކަނޑުގެ އެތައް ހާސް މޭލެއް ހުރަސްކޮށް ދަތުރުކުރުމުގެ އާދަޔާޚިލާފު ގާބިލުކަމަށް އެ ދޫނި ވަނީ ބަރޯސާވެފައެވެ. އޭގެ ހަށިގަނޑުގެ ކުޑަކަމާ އެކުވެސް، ބާ-ޓެއިލް ގޯޑްވިޓަށް އެތައް ދުވަހެއް ވަންދެން މެދުކެނޑުމެއް ނެތި އުދުހެވެއެވެ. އެހެންކަމުން މިއީ އެންމެ ވަރުގަދަ ކުޅަދާނަ ޤުދުރަތީ އެއް އެތުލީޓުކަން ހާމަވެއެވެ.
މި ބާވަތުގެ ދޫނީގެ ކުޑަބޮޑުމިނަށް ބަލާ އިރު، މީގެ ދޫނި ބޮޑުވަނީ ގާތްގަނޑަކަށް 37-41 ސެންޓިމީޓަރު (15-16 އިންޗި) އަށެވެ. އޭގެ ފިޔަގަނޑުގެ ދިގުމިނަކީ ގާތްގަނޑަކަށް 70-80 ސެންޓިމީޓަރެވެ.
ބަރުދަނުގެ ގޮތުން ބަލާއިރު، އާންމުކޮށް ފިރިހެން ދޫންޏެއްގެ ބަރުދަން 190 އާއި 400 ގްރާމް ދެމެދުގައި ހުންނަކަމަށްވެއެވެ. އަންހެން ދޫންޏެއްގެ ބަރުދަން ހުންނަނީ އެންމެ 260 އާއި 630 ގްރާމާ ދެމެދުއެވެ.
މި ހައިރާންކުރުވަނިވި ހިޖުރައަކީ ދުނިޔޭގެ އެންމެ ޚާއްޞަ ކާމިޔާބީތައް ހާސިލުކުރަނީ އެންމެ ކުދިކުދި މަޚްލޫޤުންކަން ހަނދާންކޮށްދޭ ވަރުގަދަ މިސާލެކެވެ.
އުތީމު ގަނޑުވަރުގެ ދޮރުކޮޅުތައް، އެ ގަނޑުވަރުގައި ދިރިއުޅުއްވި ބޭފުޅުންގެ އިސްކޮޅުފުޅުގެ ކުޑަކަމަށް އިޝާރާތްކުރެއެވެ. ތާރީޚު އެ ބޭފުޅުންގެ ފަތަޙައިގެ ބޮޑުކަމަށް އިޤުރާރުވެއެވެ.
