ދުށީ އެއް އުންމަތެއް، އުފަލުން ފަޚުރުވެރިވާ، އެވެސް ދުވަހެއް

ކޮށީ ކޮން މަގުތަކެއް، އެކަމުން ފިތުނަވެރިވާ،   މިވެސް ދުވަހެއް

އެކެއް އަނެކެއްގެ ޙުރުމަތުގާ ވެލީ ޤުރުބާން، އެވެސް ދުވަހެއް

އެކެއް އަނެކެއްގެ މަަަރުހިފުމަށް ފެށީ ތެދުވާން،  މިވެސް ދުވަހެއް


އަރާ މެހުމާނުނަށް ރަށަކުން އޮހޭ ހަދިޔާ،   އެވެސް ދުވަހެއް

ހަރާން ހިނިތުން ވުމެއް ނުލިބޭ، ދެނީ އަނިޔާ،    މިވެސް ދުވަހެއް

ރިވެތި މުތްތައް ދިވެހި މިބަހުން ހޮވާ  އެމުނީ ، އެވެސް ދުވަހެއް

ރިވެލި ވެސް އޭގެ ނެތި ގަލަމާ ދުލާ ފުމެނީ،    މިވެސް ދުވަހެއް

ބިރެއް ނެތި އެންމެނަށްވެސް  މޫނު  އަލިކުރެެވޭ،  އެވެސް ދުވަހެއް

އިރެއް ނޭނގޭ މެޔަށް ވަޅިތޫނުު    ދިއްކުރެވޭ،  މިވެސް ދުވަހެއް

ލަދާ، އަނެކާގެ ޝަރަފާ ޤަދަރު ދިރި ދިރި  އޮތް،    އެވެސް ދުވަހެއް

އަނދާ، މޫރިތި އެސިފަތައް،  އަޅިކޮޅެއްވެސްނެތް، މިވެސް ދުވަހެއް

ވެރީން ޢިއްޒަތްތެރީން  ޚިދުމަތްތެރީންް   ފެނިދިޔަ،  އެވެސް ދުވަހެއް

ގެރީންނަށްވުރެ ދަށަށް ޙުރުމަތްތެރީންް ފެތި ދިޔަ، މިވެސް ދުވަހެއް

ހިމޭން މަސަލަސް ހިޔަލުގާ ރޫޙު ހިނިތުންވީ،    އެވެސްދުވަހެއް

މި މޭ ނަފުސާ ހިތާ، ކެނޑިނޭޅި  ގިސްލަންވީ،   މިވެސް ދުވަހެއް

އެކީ އެއްސޫރައެއް  އެއްދީނަކުން   ފެނެވުނު،   އެވެސް ދުވަހެއް

ވަކީން ވަކި ސޫރަތައް އެކިި ކަރަކަރައިން ގެނެވުނު، މިވެސް ދުވަހެއް

މި ޤައުމުގެ ޙައްޤުގާ އެންމެން  އެކީ، އެ ތިބީ،    އެވެސް ދުވަހެއް

ޔަޤީނޭ  ވަހުމުގާ ފުނޑުފުުނޑުވެގެންް މިތިބީ،     މިވެސް ދުވަހެއް