ބާޒު އެބަ އާދޭ ފިޔޮއްތައް މެދުއުޑަށް އުފުލާލަދޭން
ނާޒުގައި އިރުހަނދުގެ ޝާހީ ތަޚްތުގައި ވަޑުވާލަދޭން
ތަރިތަކާ ޖައްވާ ފަޒާޔާ އުދުހެމުން ދާހާ ވިލާ
ފަރިވެލާފައި އޮންނަ މަންޒަރު ބަރިޔަކަށް ދައްކާލަދޭން
ބުރަތަކާ ކުދި ގޮޅިތަކުން އުމުރަށް ޙަޔާތުން މިންޖުވާން
ހުރަހަށާއި ދިގަށް ވި ކައުނީ ގުރަހަތައް ހިބަކޮށްލަދޭން
އޭ މިޔަށް ފަހު ދިރިއުޅޭނޭ ޝަހަރުތަކަކީ ޝަރަފުގައި
މޭ މަގޭ އެދެނީ އެ ދަރުބާރުންނެ ލޯބިން ވިހެލަދޭން
ކީއްވެގެންހެ ނުފެންނަނީ ބާޒުގެ އުރަށް އެ ނެގޭ ކުދީން؟
ވީ ނަސީބުގެ އާލަމެއްގައްޔޭ ޒަމާނަށް ހީނލަދޭން
ވިދުވަރުން ދެން ފެންވަރާނީ ހަނދުވަރުން ކައިބޮއި ހަދާނީ
ހެދި ރަދީފުން ތިޔަ ޖެހޭނީ ބަދުނަސީބު ތަ؟ ފޮހެލަދޭން
ދުރުދުރުން އައިސް ތިރިކުރާއިރު ތުނބުކުރިން ކަރުގައި ހިފާއިރު
ޙުރުމަތާއެކު ބޯ ލަނބާށޭ ފަރި މަލެއްހެން ފޮޅިލަދޭން
23.09.2020