ރީތި  މާތް  އަޚްލާޤުގައި ދެމި ހުރުމަށޭ ބޭނުންވަނީ

ރީތި  މަގަކުންނޭ ކަލާ ފެނުމުން  ސަލާން މި ގޮވާލަނީ

ކާކުކަން ނޭނގޭ  މުސާފިރަކަށް ވުމުން އެނގިދެނިވެލަން

ހާލު ކިހިނެއް ހޭ ކިހައި އަވަހަށް ހެ ދެން މި އަހައިލަނީ

ކޮން ނަމެއްތޯ ކޮން ރަށެއްތޯ ކޮން ގެޔެއްތޯ މަޑުމަޑުން

އެންމެ ނޭވަޔަކުންނެ ހަމަ އެ ވަގުތު ސުވާލު މި ކޮށްލަނީ

އެކަނި ދާން  ދޫކޮށްނުލާންވެގެނޭ  މި އޮއްބޮޑު ރަށުތެރަށް

ވަކި ތަނެއް ނެތި ކޮންމެ ތާކު ވިޔަސް އެ ތާކު މި ހުންނަނީ

މައި މަގެއް ކުޑަ ގޯޅިޔެއް ތުނޑިޔެއް އަތިރިޔެއް ވަކި ނެތޭ

ފައި ނަގާ ފިޔަވަޅުމަތީ،  ފަހަތުންނެ ފިޔަވަޅު  މި އަޅަނީ

ނޭނގެޔޭ އުންމަތު ހަދީހަށް ވެސް އެހެން ނަމަވެސް ކަލާ،

ނޭނގިވެސް އަނގައިން ބަހެއް އަޅެ ކީއްވެހޭ ތިޔަ ނުބުނަނީ

މަދަރުސާއިން  ކިޔެވުނޭ   މެހުމާނުނަށް  ހެޔޮކޮށް ހިތަން

އަދި އަދަށް ދާންދެން އެ ދަރެހާ އޭގެ އަސަރޭ މި ހިނގަނީ

———————