އިޞްލާޙު ހިތަށް އެރި އަހަރެން މިއަދު ކޮބައިހޭ؟

ގިސްލާ އިރު ދެލޮލުން  ފޫދޭ  ކަރުނަ ކޮބައިހޭ؟

އަހަރެންގެ  ވުޖޫދެއް  ވާނޭ ނޫންހެ  މި ތާނގާ

އަހަރެން އަހަރެންނަށް ނުފެނުނު ސަބަބު ކޮބައިހޭ؟

ނަން ވެސް ކިޔެއޭ  އަޑު އިވެޔޭ އަބަދު ވަށައިގެން

ކޮން ތާކުހެ  އަހަރެން ފަހެ ވީ، ރައްދު ކޮބައިހޭ؟

ކަނދިލީގެ އަލީގައި ސިހުރުން އަނދިރި  ހެދޭހޭ؟

އަނދިރީގެ ތެރޭހޭ  މިހިރީ އަނދިރި  ކޮބައިހޭ؟

ރޫޙެއް  ޖާނެއް   ވެސް   ނުފެނޭ  ސޫރަކުރާނޭ

ރޫޙެއް ނެތި ހުސް އަޑު ގަދަވާ ސިއްރު ކޮބައިހޭ؟

މަރުވެއްޖެ ކަމަށް ހީވެ ބެލިއްޖޭ  މުޅި  ބިން ވެސް

ކުރެވުނު ދަތުރަށް ފަހު އެހުނީ  ގަބުރު  ކޮބައިހޭ؟

            ————————–

02.07.2020

ފޮޓޯ: ކިޔުޓު ސްނޭކް.